އއ. މަޑުގަލި ކައިރިއަށް އެން ހިފަން ފޭބި މީހަކަށް ފެމުނެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިނގި މި ހާދިސާގައި ޒަހަމްވި މީހާ ފަރުވާ ދިނުމަށް އއ. އުކުޅަހަށް ގެންދިއުމަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. ނަމަވެސް ލިބުނު ގެއްލުމުގެ މާ ބޮޑު ތަފްސީލެއް ނުލިބެއެވެ.
ފެމުނަކީ މިޔަރު އާއިލާ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ބާވަތުގެ މިޔަރެވެ. ރާއްޖޭގައި މިޔަރު ހިފުން މަނާ ކުރި ފަހުން އެކި ވައްތަރުގެ މިޔަރު ގިނަ ވެފައިވާއިރު މަސްވެރިންނަށް މިޔަރުގެ އުނދަގޫ ބޮޑުކަަމަށް އެމީހުން ބުނެއެވެ.