އައްޑޫގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނެއްގައި ޖުމްލަ 156 ވެހިކަލެއް ޗެކްކޮށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވި 25 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 12-18 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ހިތަދު އާއި ގަމާއި އަދި ހުޅުމީދޫގެ އެކި ހިސާބުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމްކޮށް، އުޅަނދުތައް ބަލައި ފާސްކޮށްފައިވެ އެވެ.
އެގޮތުން ހިތަދޫގައި ދުއްވާ 35 އުޅަނދު ބަލައި ފާސްކޮށްފައިވާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ 7 ފަރާތަކާ މެދު ފިޔަވަޅުއަޅައި ނަސޭހަތްތެރި ވެފައިވެއެވެ.
ގަން ޕޮލިސް ސްޓޭޝަނުން ގަމުގައި ކުރިއަށްގެން ދިޔަ ޓްރެފިކް އޮޕަރޭޝަންގައި 101 އުޅަނދު ބަލައި ފާސްކޮށްފައިވާ އިރު އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާ ޚިލާފުވެފައިވާ 8 ފަރާތަކާމެދު ފިޔަވަޅުއަޅައި ނަސޭހަތްތެރި ވެފައިވެ އެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހުޅުމީދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ހުޅުމީދޫގައި ދުއްވާ 20 އުޅަނދު ބަލައި ފާސްކޮށްފައިވާ އިރު އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ 10 ފަރާތަކާ މެދު ފިޔަވަ ޅުއަޅައި ނަސޭހަތްތެރި ވެފައިވެއެވެ.
އައްޑޫގައި މި އަހަރު އެކްސިޑެންޓްވެ ތިން މީހަކު މަރުވެފައިވެ އެވެ.