ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބް ކުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮޑި ގެއްލޭ ގޮތަށް ހެދި ގާނޫން ބާޠިލް ނޫންކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
އެންޓި ޑިފެކްޝަން ގާނޫނާއި ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ސުޕުރީމް ކޯޓަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން މިއަދު ސުޕުރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އެންޓި ޑިފެކްޝަން ގާނޫނު ފާސް ކުރީ އެފަދަ ގާނޫނުތައް ފާސް ކުރަން ބޭނުންވާ 43 މެންބަރުންގެ ވޯޓު ނެތި ކަމަށެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ހާލަތުއް ޟަރޫރާގެ ދަށުން ކަމަށްވާތީ އެ ގާނޫނު ސައްހަ ވާނެ ކަމަށެވެ.
އެންޓި ޑިފެކްޝަން ގާނޫނު ބާޠިލް ކުރަން ސުޕުރީމް ކޯޓަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްއެވެ.
ތަފްސީލް އަންނަނީ…