Last Updated: June 12, 06:18
Friday, June 12, 2026
ޚަބަރު

ވަކީލެއްގެ އެހީ ނުހޯދަން މަހޭ ނިންމައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާއަށް ވަކާލާތު ކޮށްދިނުމަށް ހަމަޖައްސާފައި ހުރި ގާނޫނީ ވަކީލް، ނާޒިމް ސައްތާރު ސަސްޕެންޑު ކުރުމުން ވަކީލެއްގެ އެހީ ނުހޯދުމަށް މަހްލޫފް ނިންމަވައިފިއެވެ.

ނާޒިމް ސައްތާރު ސަސްޕެންޑު ކޮށްފައިވަނީ މަހްލޫފާ ދެކޮޅަށް ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާ އަކަށް ދިނުމުގެ ކުށުގެ ދައުވާގެ ދިފާއީ ވަކީލު ކަމުން ނާޒިމް ސަސްޕެންޑު ކުރީ އޭނާ ކުރި ޓުވީޓަކާ ގުޅިގެންނެވެ.

މަހްލޫފް ވަނީ މިކަމުގެ ސަބަބުން އޭނާގެ ވަކީލުންގެ ޓީމުގައި ދެން ހިމެނޭ ގާނޫނީ ވަކީލް އަބްދުﷲ އަފީފާއި މުހައްމަދު ހައްސާނަށް ގެއްލުމެއް ލިބިދާނެތީ އެ ދެ ވަކީލުން ވަކީލު ކަމުން ދުރުކޮށްފައެވެ.

އާންމުންގެ މެދުގައި ނުރަނގަޅު ތަސްވީރެއް އުފެދިދާނެ ކަމަށް ބުނެ ނާޒިމް ސައްތާރު ކުރެއްވި ޓުވީޓަކާ ގުޅިގެން އޭނާއަށް މަހްލޫފް ދިފާއުކުރުމުން ސަސްޕެންޑު ކުރިކަން އަންގާފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އާދަމް އާރިފް ސޮއިކުރައްވައި ފޮނުވި ސިޓީއެއްގައެވެ.