Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ދެ ކުދިން ހޯދަން ރޮބޮޓެއް ބޭނުންކޮށްފި

ހޮނިހިރު ދުވަހު ހިތަދޫ ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ގައުމީ ދިފާއީ ބާރުން ރޮބޮޓެއް ބޭނުންކޮށްގެން ކަނޑުގެ ބޮޑު ބަޔެއް ބަލާ ހޯދައިފިއެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑުގެ ޑައިވަރުންނާއި އިންޑިޔާއިން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރު ބޭނުންކޮށްގެން ކުދިން ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު އަދިވެސް ދެ ކުދިންގެ ހިލަމެއް ވެފައެއް ނުވެއެވެ.

ނަމަވެސް އިއްޔެ ހިތަދޫ ފުއްޓަރު ފަރާތުން ވަނީ ގެއްލުނު އަލީ ފަހުމީގެ ސޯޓު ފެނިފައެވެ. އޭނާގެ އާއިލާއިން ވެސް ވަނީ އެ ސޯޓަކީ އަލީ ފަހުމީގެ ސޯޓުކަން ކަށަވަރުކޮށްދީފައެވެ.

ގެއްލިފައިވާ އަލީ ފަހުމީ އަދި މަޔާމީން ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ގައުމީ ދިފާއީ ބާރުން ވަނީ ބުނެފައެވެ.