Last Updated: June 12, 06:18
Friday, June 12, 2026
ކުޅިވަރު

ލިވަޕޫލުން ރޯމާ ކޮޅަށް 5 ލަނޑު ޖަހައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލް އަދި ރޯމާ ބައްދަލުކުރި މެޗު 2-5 އިން ލިވަޕޫލް ކާމިޔާބުކޮށް ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މެޗުގައި ލިވަޕޫލުން ފަސް ގޯލު ޖެހި ނަމަވެސް މެޗުގެ ފަހުކޮޅު ރޯމާއިން ޖެހި ދެ ލަނޑާއެކު ރޯމާ ކުޅޭ މެޗުގައި ނަތީޖާ ބަދަލުކުރުމަށް ފުރުސަތު ތަނަވަސް ކުރިއެވެ.

ލިވަޕޫލްގެ ލަނޑުތައް ސަލާހް، ފިރްމީނޯ އަދި މަނޭ ޖަހާފައިވާއިރު ރޭގެ މެޗުގައި ސަލާ އަދި ފިރްމީނޯ ވަނީ ކޮންމެ ކުޅުންތެރިޔަކަށް ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ރޯމާގެ ލަނޑުތައް ޖަހާފައިވަނީ މެޗުގެ ފަހު 10 މިނެޓުގައި ޒެކޯ އަދި ޕެރޯޓީއެވެ. މިނަތީޖާއާއެކު ރޯމާއަށް ވަނީ ލިވަޕޫލް ކަޓުވާލުމަށްފަހު ފައިނަލުން ޖާގައެއް ހޯދުމަށް އަމިއްލަ ދަނޑުގައި 0-3 އިން މޮޅުވާން ޖެހިފައެވެ. ސަބަބަކީ އެވޭ ގޯލުގެ ސަބަބުން ރޯމާއަށް ފައިނަލަށް ދެވޭނެތީއެވެ.

ކުއާޓާ ފައިނަލުގައި ބާސާއާ ރޯމާ ބައްދަލުކުރި މެޗުގެ ފުރަތަމަ ލެގުގައި ބާސާވަނީ އަމިއްލަ ދަނޑުގައި 1-4 އިން ރޯމާ ބަލިކޮށްފައެވެ. ނަމަވެސް ރޯމާ ދަނޑުގައި 0-3 އަށް ނަތީޖާ އަނބުރާލުމަށްފަހު އެގްރިގޭޓު ނަތީޖާ 4-4 އަށް ބަދަލުވެ ރޯމާ ސެމީއަށް ދިޔައީ އެވޭ ގޯލުން ކުރި ހޯދައިގެނެވެ.