Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

"ހޯޑެއްދުއާ ދެކޮޅަށް ނުކުންނާނީ ސީދާ ތިން ޕޮއިންޓަށް"

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި ފުވައްމުލަކު އެފްސީ ދޫނިގަލޯނާ އާއި ހިތަދޫ ފުޓްބޯޅަ ކްލަބް ބައްދަލު ކުރި މެޗް 4-1 ލަނޑުން ކާމިޔާބުކޮށް ޒޯން 8 ޗެމްޕިއަންކަން ހިތަދޫ ޓީމުން ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި މިއަދު ހިތަދޫ ކުޅޭ ދެވަނަ މެޗަށް އެޓީމު ނިކުންނަނީ ނިލަންދޫ އާއި އެއްވަރުކޮށް ހޯދި އެއް ޕޮއިންޓާއި އެކު ހޯޑެއްދޫ ބަލިކޮށް ސީދާ ތިން ޕޮއިންޓަށް އަމާޒުކޮށްކަމަށް ހިތަދޫ ޓީމުން ބުނެފިއެވެ.

ހިތަދޫ ޓީމްގެ މެނޭޖަރ މުހައްމަދު އަލްޠާފް (އަލްޓީ) "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ބުނީ ފުރަތަމަ މެޗުން ޕޮއިންޓެއް ލިބިފައި އޮތުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި ގްރޫޕްގައި ހޯޑެއްދޫ އާއި ދެކޮޅަށް ނިކުންނަ މެޗަކީ ވަރަށް މުހިއްމު މެޗެއްކަމަށެވެ. އެހެންވެ މިއަދު ޓީމު ނިކުންނާނީ އެ ހިތްވަރުގައި ކަމަށެވެ.

އަލްޓީ ބުނީ ހިތަދޫ ޓީމުގެ ފުލް ޓީމްގެ ސެންޓަރ ޑިފެންޑަރ މުހައްމަދު ސާޖިދު (ސައްޖޫ)ގެ އެއްބަޑު އެއްބަފާ ކޮއްކޮ މަޔާމީން އަލީ މިދިޔަ ހޮނިހިރު ދުވަހު މޫދަށް ގެއްލުމާއި ގުޅިގެން ޓީމާއި ވަކިވެގެން ރަށައް ދާން ޖެހުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި މަޔާމީން އާއި އަލީ ފަހުމީ ގެއްލުމާއި ގުޅިގެން މުޅި ޓީމަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

ހޯޑެއްދޫ މިއަދު މެޗަށް ނިކުންނަނީ ކުޑަހުވަދޫ އާއި ކުޅެ 3-0ގެ ނަތީޖާއަކުން ބަލިވެފައި ވަނިކޮށެވެ.

މުބާރާތް ބާއްވާ ނިލަންދޫ އާއި ހިތަދޫ ކުޅުނު މެޗްގައި ހިތަދޫ ޓީމަށް ނުކުޅެވިގެން ދިޔަ ތަން ފެނިގެން ދިޔައެވެ. އަލްޓީ ބުނީ ޓީމަށް އެންމެ އުނދަގޫވީ ދަނޑުގެ ކޮންޑިޝަން ކަމަށެވެ. އަދި މިއަދުގެ މެޗު ކުޅޭނީ ކުރީ ދުވަހު ހެދުނު ގޯސްތައް ބަލައިގެން ކަމަށެވެ.

މުބާރާތުގައި ކުޑަހުވަދޫ މޮޅެއް ހޯދާފައިވާ އިރު ނިލަންދޫ ވަނީ ދެ މެޗުން 4 ޕޮއިންޓު ހޯދާފައެވެ.

މިއަދުގެ މެޗުގައިވެސް ހިތަދޫ ޓީމަށް ސަޕޯޓް ކުރުމަށް ފ. ނިލަންދޫ ކައިރީ އޮންނަ ދި ސޭންޓްރިޖަސް މޯލްޑިވްސް ވޮއްމުލި ރިސޯޓުގައި މަސައްކަތް ކުރާ އައްޑޫ އަދި ފުވައްމުލަކުގެ ސަޕޯޓަރުން ބޮޑު ބެރާއި އެކު ދިއުމަށްވަނީ ނިންމާފައެވެ.

ހިތަދޫ ޓީމުން ބުނީ އެސަޕޯޓަރުންގެ އަޑަކީ ޓީމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށެވެ.