Last Updated: June 12, 06:18
Friday, June 12, 2026
ޚަބަރު

ރައީސް ޔާމީންގެ ތަރައްގީއާ ބެހޭ ފޮތެއް ނެރެފި

ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން މި ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭ ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ފޮތެއް ނެރުއްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި "ރަށްވެހި ތަރައްގީ" ފޮތް އިފްތިތާހު ކޮށްދެއްވީ ވެސް ރައީސް އަބްދުﷲ ޔާމީނެވެ.

ފާއިތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސް، ބައެއް މަޝްރޫއުތައް ވަނީ ނިމިފައެވެ. އަދި މިއަހަރު ތެރޭގައި ވެސް ބައެއް މަޝްރޫއުތައް ނިމިގެންދާނެ ކަމަށް ވަޒީރުން ވަނީ ހާމަކޮށްފައެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ވައުދުވެ ވަޑައިގެންނެވި މާލެ އާއި ހުޅުލެ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވާ ދުވަހު އިދިިކޮޅު ފަރާތްތަކަށް ވެސް އެ ރަސްމިއްޔާތަށް ދައުވަތު އަރުވާނެ ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ އެއީ ނުވާނެ ކަމެއް ކަމަށް އެފަރާތްތަކުން ބުނެފައިވާތީއެވެ.