Last Updated: June 12, 06:18
Friday, June 12, 2026
ޚަބަރު

އޮޑިޓް ރިޕޯޓް ހުށައެޅުމުން ފައިސާ ދޭނެ: އީސީ

ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އިދިކޮޅު އެމްޑީޕީ އަށް ދޫނުކޮށް ލަސްވަނީ އެޕާޓީން އޮޑިޓް ރިޕޯޓު ހުށަނާޅާތީ ކަމަށާއި އެ ރިޕޯޓު ހުށައެޅުމާއެކު ފައިސާ ދޫކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމްއާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްޑީޕީން އަދިވެސް އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށައަޅާފައެއް ނުވެއެވެ.

އަދި އެ ދެ ރިޕޯޓު ހުށަނާޅަނީސް ފައިސާ ދޫ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާން ވެފައިވާތީ ކޮމިޝަނަށް ފައިސާ ދޫކުރެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް، އެމްޑީއޭ އަދި ޖޭޕީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފައިސާ ދީފައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ފައިސާ ނުދީ ލަސްކުރަނީ ޖެއްސުން ކުރުމަށް ކަމަށް އެޕާޓީން ތުހުމަތުކުރެއެވެ.