Last Updated: June 12, 06:18
Friday, June 12, 2026
ޚަބަރު

ސަފީރުކަމުގެ ފަތްކޮޅު ކާނަލް ނަޝީދަށް އަރުވައިފި

ދިވެހި ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާފައި ހުންނެވި ސަފީރު، ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު(ކާނަލް) އަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނަޝީދަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައިވާއިރު އޭނާއަށް ރައްޔިތުންގެ މަޖިލީހުން ވަނީ މީގެ 10 މަސް ކަމުން ސަފީރު ކަމަށް ރުހުން ދީފައެވެ.

ނަޝީދު ވަނީ ދާދި ފަހުން އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ބައެއް ފަރާތްތަކާއި ސިއްރުން ބައްދަލުކުރި ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ނަމަވެސް ޖަވާބުގައި ކާނަލް ވިދާޅުވެފައިވަނީ އެއީ ސިއްރުން ކުރި ކަމެއް ނޫން ކަމަށާއި ކުރިން އެއްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ގުޅުން ބާއްވާ ކަމަށް ވިދާޅުވެފައެވެ.

ޑީއާރުޕީގެ ލީޑަރުން ޕާޓީ ދޫކުރައްވައި އެމްޑީޕީ އާ ގުޅިވަޑައިގަތް ފަހުން ކާނަލް ވަނީ ޕާޓީގެ ލީޑަރު ކަމާއި ހަވާލުވެފައެވެ. ނަމަވެސް ޕާޓީގެ މެމްބަރުންގެ އަދަދު ވަރަށް ބޮޑުތަން ވަނީ ދަށްވެފައެވެ.