މާލޭގައި މިއަދު ހެނދުނު މީހެއްގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމަށްފަހު މިލިއަނެއްހާ ރުފިޔާ ފޭރިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ހެނދުނު 7:30 ހާއިރު މާފަންނު ބެންތެޔޮ ގޯޅިން އޯކިޑްމަގަށް ނިކުންނަން ދަނިކޮށް ހަތަރު މީހުންގެ ގްރޫޕަކުންނެވެ.
ފައިސާ ފޭރިގަތް މީހާއަކީ ވެސްޓަން ޔުނިއަންގެ ގޮތްޕެއް ހިންގަމުން އަންނަ މީހެކެވެ. އޭނާ އަތުގައި ހުރި ފައިސާ އަކީ ރޭ ލިބިފައި ހުރި ފައިސާކަމަށްވެއެވެ.
މި މައްސަލަ ފުލުހުން ބަލަމުން އަންނަ އިތުރު ތަފްސީލެއް ނުދެއެވެ.
ދާދި ފަހުންވެސް މާލޭގައި ވަނީ ވިޔަފާރިވެރިއެއްގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމަށްފަހު މިލިއަނެއްހާ ރުފިޔާ ފޭރިގެންފައެވެ، އެމައްސަލަވެސް ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.