Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ދެ ކޯކަޓަށް ފަނޑިޔާރުން އައްޔަން ކުރަން ނިންމައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން - ފޮޓޯ: ރައީސް އޮފީސް

ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް 02 ބޭފުޅުން އަދި ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް 02 ބޭފުޅުން އައްޔަނުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޖޭއެސްސީ އިން މިގޮތަށް ނިންމީ މިއަދު ބޭއްވުނު ކޮމިޝަނުގެ 2018/26 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓުން ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމަވާފައިވަނީ ގއ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓެރޭޓުގެ މަޤާމުގައި ހުންނެވި ގއ.ވިލިނގިލި ފްރެޝް، ޙަސަން ނަޖީބާއި ވ.ފެލިދޫ ވިނަރެސް، އިސްމާޢީލް ރަޝީދު އެވެ.

އަދި ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް ނިންމަވާފައިވަނީ ގދ.ފަރެސްމާތޮޑާ މާތޮޑާއަވަށް. މުޝްތަރީގެ، ޙާފިޘާ ޢަބްދުއްސައްތާރާއި ގދ. ތިނަދޫ ޒެނިތު، ޙުސައިން ފާއިޒް ރަޝާދުއެވެ.