Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 55ރ. ބަހަނީ

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 55 ރުފިޔާ ބެހުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް 55 ރުފިޔާ ބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް ބެހުމަށް ނިންމާފައިވާ އަދަދު އެކުންފުނިން ހާމަކޮށްފައިވީ ނަމަވެސް އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސަރުކާރުގެ 81.63 ހިއްސާ އޮންނަ އެސްޓީއޯގެ 2016 ވަނަ އަހަރުގެ ސާފު ފައިދާ އިން ހިއްސާދާރުންނަށް ބަހާފައިވަނީ ހިއްސާއަކަށް 51 ރުފިޔާ އެވެ.

އެސްޓީއޯއަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 301.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2015 ވަނަ އަހަރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 435 މިލިއަން ރުފިޔާ އެވެ.