Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޕޮލިސް އެކަޑަމީގެ ވެބްސައިޓް އިފްތިތާޙްކޮށްފި

ޕޮލިސް އެކަޑަމީގެ ވެބްސައިޓް އިފްތިތާޙް ކުރުމުގެ ތެރެއިން - ފޮޓޯ: ޕޮލިސް

ޕޮލިސް އެކަޑަމީގެ ރަސްމީ ވެބްސައިޓް އިފްތިތާޙްކޮށްފިއެވެ.

ޕޮލިސް އެކަޑަމީން ހިންގާ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހާއި ފަސްޓް ލައިން މެނޭޖްމަންޓް ކޯސް ފެށުމުގެ ގޮތުން އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ.

ފުލުހުން ބުނީ އިއްޔެ އިފްތިތާޙްކުރެވިގެން ދިޔަ ވެބްސައިޓް މެދުވެރިކޮށް ޕޮލިސް އެކަޑަމީއާ ގުޅުންހުރި މަޢުލޫމާތުތަކާއި ޕޮލިސް އެކަޑަމީން ހިންގާ ތަމްރީނުތަކާއި ކޯސްތަކުގެ މަޢުލޫމާތުތާއި ފޮޓޯތަކުގެ އިތުރުން އިވެންޓްތަކާއި އިޢުލާންތައް ފަސޭހައިން ބަލާލެވޭނެ ކަމަށެވެ.

ޕޮލިސް އެކަޑަމީގެ ވެބްސައިޓް އެޑްރެސްއަކީ academy.police.gov.mv އެވެ.