Last Updated: June 12, 06:18
Friday, June 12, 2026
ކުޅިވަރު

ބެޔާން އަތުން ރެއާލަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ހަތަރެއް ކުޅެމުން އަންނަ އިރު ރޭގެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބެޔާން މިއުނިކް ބައްދަލުކުރި މެޗު 2-1 އިން ރެއާލް ކާމިޔާބުކޮށްފިއެވެ.

ސެމީގެ ފުރަތަމަ ލެގު ރޭ ޖަރުމަނުގައި ކުޅެފައިވާއިރު މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބެޔާން އިންނެވެ. 28 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ޑިފެންޑަރު ޖޯޝުއާ ކިމިޗްއެވެ.

ބެޔާން ލީޑު ނެގި ފަހުންވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ލީޑު ފުޅާ ކުރުމަށް ފޯވާޑް ފްރޭންކް ރިބެރީއަށް ލިބުނު ހުސް ފުރުސަތު އޭނާ ވަނީ ބޭކާރު ކޮށްލާފައެވެ.

ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް މާސެލޯ ދުރުން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވަދެގެންނެވެ. ދެވަނަ ހާފުގައި ޒިދާންގެ ޓީމުން ކުޅުން ރަނގަޅުކޮށް ހާފުގެ ކުރީކޮޅު ލަނޑެއް ޖަހައި ލީޑު ނަގާފައެވެ.

މިމެޗުން ރެއާލް މޮޅުވެ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ވަނީ ތަނަވަސް ވެފައެވެ. ދެވަނަ ލެގު އެއްވަރު ވިޔަސް ފުރުސަތު ބޮޑީ މިހާރު އޮތް ގޮތުން ރެއާލްއަށެވެ.