Last Updated: June 12, 06:18
Friday, June 12, 2026
ޚަބަރު

"ފުރާނައަށް ބެލުމެއް ނެތި ރައީސް ޔާމީން އިސްކުރައްވަނީ ގައުމު"

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް: ފޮޓޯ - އަވަސް

ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ އެމަނިކުފާނުގެ އަމިއްލަ ފުރާނައަށް ބެއްލެވުމެއް ނެތި ގައުމުގެ މަސްލަހަތު އިސްކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރައީސްއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ރޭ ސިފައިންގެ 126 ވަނަ އަހަރީ ދުވަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ރައީސް ޔާމީން ވަނީ 1 ފެބްރުއަރީގައި ގެންނަން އުޅުނު ބަޣާވާތް ވަރަށް ހިކުމަތްތެރި އުކުޅުތައް ބޭނުން ކުރައްވައިގެން ނާކާމިޔާބު ކުރައްވާފައި ކަމަށެވެ.

އެގޮތުން އެމަނިކުފާނު އެރޭ ބޭނުން ކުރައްވާފައިވަނީ އިނގިރޭސި ބާރުގެ ދަށުން ދިވެހިން މިނިވަން ކުރުމަށް ރައީސް ނާސިރު ބޭނުން ކުރެއްވި ފަދަ އުކުޅުތައް ކަމަށާއި އެމަސައްކަތަކީ ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ މަސައްކަތެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އަބަދުވެސް ކެހި ދެނީ އެމަނިކުފާނާއެކު އެންމެ ގާތުން މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ އެކި މައްސަލަތަކުގައި ޖަލަށް ލާފައެވެ. އެހުރިހާ ބޭފުޅުންނަކީވެސް ރައީސް ޔާމީނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅުން ކަން ފާހަގަކޮށްލެވެއެވެ.