މި އަހަރުގެ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ޢާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އައްޑޫގައި އިއްޔެ ފަށައިފި އެވެ.
އައްޑޫގެ ހުރިހާ އަވަށެއްގެ ރައްޔިތުންނަށް ވެސް އިންތިޚާބާ ގުޅޭ މަޢުލޫމާތު ދެވޭނެހެން ހިންގާ މި ސެޝަންތައް ހިންގުމަށް ހަމަޖެހިފައި ވަނީ ތިން ދުވަހަށް ބަހާލައިގެންނެވެ.
އެގޮތުން ހިތަދޫގައި ބާއްވާ ސެޝަނުގައި އާންމު މުޢައްސަސާތަކުން 60 ބައިވެރިންނާއި ފުލުހުންގެ ފަރާތުން 30 ބައިވެރިންނާ އެކު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ވަނީ ބާއްވައިފަ އެވެ.
PE 2018 ah Rayyithun heyluntheri kurumahtakai Addu city Hithadhoo gai Elections Commission ge faraathun baahvaa training programme feshigen kuriyah dhanee pic.twitter.com/HTqhN4z00J
— Elections Commission (@ElectionsMv) April 25, 2018
މަރަދޫ، މަރަދޫފެދޫ އަދި ފޭދޫގެ ރައްޔިތުންނަށް ހިންގާ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު މަރަދޫ އިރުޝާދިއްޔާ ސްކޫލުގައެވެ. ހުޅުމީދޫގެ ރައްޔިތުންނަށް ހިންގާ ސެޝަން ކުރިއަށްދާނީ 29 ވަނަ ދުވަހު ސ. އަތޮޅު މަދުރަސާގަ އެވެ.
PE 2018 ah Rayyithun heyluntheri kurumahtakai Addu city Hithadhoo gai Elections Commission ge faraathun kuriah gendhiya training program nihmaa baiverinah certificate havaalu koffi pic.twitter.com/ecbBZ4gHHg
— Elections Commission (@ElectionsMv) April 25, 2018
ރިޔާސީ އިންތިޚާބަށް ޢާންމުން ހޭލުންތެރި ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ހިންގާ މި ސެޝަންތަކުގައި ރިޔާސީ އިންތިޚާބާ ބޭހޭ މަޢުލޫމާތާއި، ވޯޓުލާ މީހުންގެ ހައްޤުތަކާއި ޒިންމާތަކާއި އިންތިޚާބުގައި މަނާ ކަންތައްތަކާއި،ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި އޮފިޝަލުންގެ ޒިންމާތަކާއި އަދި ވޯޓު ނެގުމާއި ގުނުމުގެ މަރުހަލާ ފަދަ ކަންކަމާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވޭނެ އެވެ.
އީސީން ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ.