Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އޭއައިއޭގެ އެމްޑީއަކަށް ލަތީފް

އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރަކަށް، މުހައްމަދު ލަތީފް ހަމަޖައްސައިފި އެވެ.

ހިތަދޫ މެދު ދާއިރާގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ޕްރައިމަރީގައި ވެސް ވާދަކުރި، މުހައްމަދު ލަތީފް މިހާތަނަށް ހުންނެވީ، މޯލްޑިވްސް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ(އެމްއާރްޑީސީ)ގެ ޗެއަރމަންގެ މަގާމުގައެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެފައިވާ ގޮތުގައި އޭއައިއޭގެ އެމްޑީއަކަށް ލަތީފް ހަމަޖައްސާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑް އަކީ އަކީ ސަރުކާރުގެ 50 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގްސްގައި އޮންނައިރު ދެން އޭއައިއޭގެ ހިއްސާދާރުންނަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި އެސްޓީއޯ އެވެ. އެއިން ކޮންމެ ކުންފުންޏެއްގައި ވެސް އޭއިއޭގެ 10 ޕަސެންޓް ހިއްސާ އޮވެއެވެ.