Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އެސްއޯ ސާއިފް އަދި ފާއިޒު ގޭބަންދުން ޖަލަށް ގެންގޮސްފި

ސައިފް އަދި ފާއިޒު

ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރި ކުރީގެ އެސްއޯ ކޮމާންޑަރ ސައިފް ހުސެއިން އާއި ކުރީގެ ސްޓޭޝަން އިންސްޕެކްޓަރ ފާއިޒު މުހައްމަދު ގޭބަންދުން ޖަލަށް ބަދަލުކޮށްފިއެވެ.

ސައިފް އާއި ފާއިޒު ޖަލަށް ގެންގޮސްފައިވަނީ ފުލުހުންނަށް ލިބުނު އިންޓަލިޖެންސް ރިޕޯޓަކާއި ގުޅިގެންނެވެ. ސައިފް އާއި ފާއިޒު ޖަލަށް ގެންގޮސްފައިވާ އިރު ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރަށްފަހު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި 9 ފުލުހަކު ހައްޔަރުކޮށް ޖަލުގައި ބަންދުކުރިއެވެ.

އެ 9 މީހުން ގޭބަންދަށް ބަދަލުކުރީ މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.