ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން ކަމަށްވާ މ. ބަގީޗާގޭ މަރިޔަމް ސައީދު ސްރީލަންކާގައި މިއަދު އަވަހާރަވެއްޖެ އެވެ.
މަރިޔަމް ސައީދަކީ ނާސިރުގެ ދެވަނަ އަނބިކަނބަލުންނެވެ. ނާސިރަށާއި މަރިޔަމް ސައީދަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެއީ މުހައްމަދު ނާސިރާއި އަލީ ނާސިރެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އަވަހާރަވެފަ އެވެ.
އެނގިފައިވާ ގޮތުގައި އާލާސްކަންފުޅުގައި އުޅުއްވަނިކޮށް މިއަދު ސްރީލަންކާގެ ހޮސްޕިޓަލެއްގައި އަވަހާރަވީއިރު މަރިޔަމް ސައީދުގެ އުމުރުފުޅަކީ 85 އަހަރެވެ.
ދިވެހި ބަހުގެ އަދީބު ހުސައިން ސަލާހުއްދީންއަށް ބައްޕަ ވިދާޅުވާ މަރިޔަމް ސައީދަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޅެންވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ.
އެކަމަނާގެ އިލާގެ ބޭފުޅަކާއި ހަވާލާދީ "ވީއެފްޕީ" އިން ރިޕޯޓްކުރާ ގޮތުގައި މަރިޔަމް ސައީދު އަވަހާރަވީ މިދިޔަ ޑިސެމްބަރު މަހު ސްޓްރޯކެއް ޖެހިވަޑައިގެން ހާލުކޮޅު ބޮޑުވެ ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ލަންކާ ހޮސްޕިޓަލުގައެވެ.
އަދި އާއިލާގެ ބައެއް ބޭފުޅުން މިހާރު ލަންކާއަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ ކަމަށްވެސް އެބޭފުޅާ ވިދާޅުވި އެވެ.
މީގެ އިތުރުން ލަފާކުރެވެނީ އެކަމަނާ ފަސްދާނުވެޑުވޭނީ މާދަމާ ހެން ކަމަށާއި، ކުޕިއަވައްޓަ މުސްލިމް ބަރިއަލް ގްރައުންޑްގައި ފަސްދާނުލެވޭތޯ މަސައްކަތް ކުރައްވާ ކަމަށްވެސް ވީއެފްޕީއަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
ކުޕިއަ ވައްޓެ ބެރިއަލް ގްރައުންޑްސް އަކީ އެކަމަނާގެ ބައްޕާފުޅު ހުސައިން ސަލާހުންދީނާއި ބޭބޭފުޅު ވެސް ފަސްދާނުވަޑުވާފައިވާ ތަނެވެ.