Last Updated: June 12, 02:23
Friday, June 12, 2026
ކުޅިވަރު

އާސެނަލާއި އެތުލެޓިކޯ މެޗް އެއްވަރުވެއްޖެ

ޔުއެފާ ޔޫރޮޕާ ލީގު ސެމީ ފައިނަލުގައި އާސެނަލްއާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މިމެޗުގެ ވަރަށް ކުރީކޮޅު އެތްލެޓިކޯގެ ސިމޭ ވާސްލިކޯއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވަނީ އާސެނަލްއެވެ.

އެތްލެޓިކޯއަށް ރަށުން ބޭރުގައި ކުޅުމުގެ ޕްރެޝަރާއި މެޗުގެ ބޮޑުބައި ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ހާސްކަން ކުރިމަތިވިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އާސެނަލްގެ ލަކަޒޭޓް މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ 61 ވަނަ މިނެޓުގައެވެ. އެތްލެޓިކޯއިން ނަތީޖާ އެއްވަރުކުރީ 82 ވަނަ މިނެޓުގައެވެ. މިނަތީޖާއާއެކު ދެވަނަ ލެގުގައި އެތްލެޓިކޯ ދަނޑުގައި ކުޅޭއިރު އެޓީމަށް ފުރުސަތު ބޮޑެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އޮލިމްޕިކް މާސޭ ވަނީ 0-2 އިން ސެލްޒްބާގް ބަލިކޮށްފައެވެ.