Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އަދީބް ދެއްކީ ހަމުގެ ޑޮކްޓަރަކަށް

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ލޮލުގެ ޑޮކްޓަރަކަށް ދައްކަން އެދުމުން ހަމުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިފިއެވެ.

އަދީބްގެ ގާނޫނީ ވަކީލް މުސާ ސިރާޖު ވިދާޅުވީ އަދީބަށް ލޮލުގެ ނުރައްކާތެރި ބައްޔެއްކަމަށްވާ ގުލްކޯމާ ޖެހި، ލޮލުގެ ފެނުން ދަށްވަމުންދާތީ ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެެއްކުމަށް ތަކުރާރުކޮށް އެދުމުން ދަނިކޮށް ދާދި ފަހުން ޑޮކްޓަރަކު މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށާއި، އިތުރު މައުލޫމާތު ހޯދި އިރު އެއީ ހަމުގެ ހާއްސަ ޑޮކްޓަރެއް ކަމަށެވެ.

އަދީބުގެ ލޮލުގެ މައްސަލާގައި ތަކުރާރުކޮށް ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ގެންދިއުމަށް އެދުނުކަމުގައި ވިޔަސް އެފުރުސަތު ކަރެކްޝަނަލް ސާވިސްއިން ދީފައި ނުވެއެވެ.

އަދީބް ގެންދަވަނީ ތަފާތު އެކި ކުށްތައް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފިޒު ކުރައްވަމުންނެވެ.