Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

މެލާނިއާ އަށް ހަދިޔާއެއް ދޭނެ ވަގުތެއް ޓްރަމްޕަށް ނުވި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން، މެލާނިއާ ޓްރަމްޕްގެ 48 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ހަދިޔާއެއް ގަނެދިނުމަށް ވަގުތެއް ނުވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިއްޔެ 48 އަހަރު ފުރުނު ޓްރަމްޕްގެ އަނބިކަނބަލުންނަށް އުފަންދުގެ ހަދިޔާއެއްގެ ގޮތުގައި ދިނީ ކޯޗެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ މާ ގިނަ އެއްޗެއް ގަންނާނެ ވަގުތެއް ނުވި ކަމަށެވެ. ނަމަވެސް ޚާއްސަ ކާޑަކާއި މާބޮނޑިއެއް ގަނެދިން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް އޭނާއަކީ ޚާއްސަ ހަދިޔާއެއް ގަތުމަށް ފިހާރަތަކަށް ދަތުރުކުރުމަށް ވަގުތެއް ވާ ބޭފުޅެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޖެނުއަރީ 2017 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމާއި ހަވާލުވި ޓްރަމްޕް ވަނީ އަނބިކަނބަލުން މެލާނިއާ، ފްރާންސުގެ ރައީސް މެކްރަން އެމެރިކާއަށް ވަޑައިގަތުމުން ބޭއްވި ޚާއްސަ ފަރީކޮޅުވުން އިންތިޒާމް ކުރުމުގައި އަދާކުރެއްވި ރޯލާ މެދު ފަޚުރުވެރިވާ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

މެލާނިއާ ވަނީ މިދިޔަ ހަފްތާގައި އަވަހާރަވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝްގެ އަނބިކަނބަލުންގެ ޖަނާޒާގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ކުރީގެ ރައީސުންނާ އަނބިކަނބަލުންނާއެކު ނެންގެވި ފޮޓޯގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.