Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ޕައި" ގެ ތަރި އަނެއްކާ ވެސް ހޮލީވުޑްގެ ފިލްމަކަށް

މި އަހަރުގެ އޮސްކާ އެވޯޑްގައި ކާމިޔާބީތަކެއް ހޯދާފައިވާ "ލައިފް އޮފް ޕައި" ގެ ބަތަލު އިންޑިއާ އަށް އުފަން ސޫރަޖް ޝަރްމާ އަނެއްކާ ވެސް ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމަކީ ޑިސްނީން ޕްރޮޑިއުސްކޮށް ބޭސްބޯލް ކުޅިވަރު ހާދިސާތަކެއްގެ މައްޗަށް "ލާސް އެންޑް ދަ ރިއަލް ގާލް" ގެ ޑައިރެކްޓްރު ކްރެއިގް ގިލެޕްސީ ޑައިރެކްޓް ކުރާ "މިލިއަން ޑޮލާ އާމް" އެވެ.

މި ފިލްމްގައި 20 އަހަރުގެ ސޫރަޖްގެ އިތުރުން ހޮލީވުޑްގެ ތަރިންތަކެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ޖޯމް ހަމް އަދި އެލަން އާކިން ހިމެނެ އެވެ.

އިންޑިއާ އާއި އެޓްލާންޓާގައި ޝޫޓް ކުރަން ހަމަޖެހިފައިވާ "މިލިއަން ޑޮލާ އާމް" ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ޓޮމް މެކާތީ އެވެ.