ދިރާގު ޓީވީގެ ޚިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރނެޓް ގެ ޚިދުމަތް އައްޑޫ ސިޓީގައި ރަސްމީކޮށް އިފްތިތާޙް ކުރުމަށްޓަކައި މޯލްޑިވިއަން އައިޑޮލްގެ ދެ ތަރިން ކަމަށް ޝަލަބީ އާއި ޝަހުދާންގެ ހާއްސަ ޝޯވްއެއް މިރޭ ހިތަދޫ ސްޓޭޖްގައި ބާއްވަން ދިރާގުން ނިންމައިފިއެވެ.
ދިރާގުން ބުނީ މިރޭ ހިތަދޫ ސްޓޭޖްގައި ދިރާގު ފައިބަރނެޓް އާއި ދިރާގު ޓީވީގެ ޚިދުމަތް ތަޢާރަފްކުރުމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ވެސް މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށެވެ

އެގޮތުން ލަކީޑްރޯ އިން އެއްވަނަ އަށް ދާ ފަރާތަކަށް 55 އިންޗްގެ އެޗްޑީ ސްމާޓް ޓީވީ އަކާއި، 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މީގެ އިތުރުން ގުރުއަތުން ހޮވޭ އިތުރު 4 ފަރާތަކަށް ވެސް 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.