Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

"ގައިދީންނަށް އެކަހެރި ބައްދަލުވުން ނުދިނުމަކީ އަނިޔާއެއް"

އަހްމަދު މަހުލޫފް - ފޮޓޯ: ސަން

ޖަލުގަައި ބަންދުކޮށްފައި ތިބޭ މީހުންނަށް އެކަހެރި ބައްދަލުވުން ނުދިނުމަކީ އަނިޔާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް ލިބޭ އެންމެ ބޮޑު ހައްޤަކީ އެކަހެރި ބައްދަލުވުން ކަމަށެވެ. އަދި އެސްއޯއީ (ކުއްލި ޙާލަތު) އަށްފަހު ހައްޔަރީންނަށް އެކަހެރި ބައްދަލުވުން ނުދިނުމަކީ ދީނީގޮތުން އަދި އިންސާނިއްޔަތުކަންވެސް ކުޑަ އަމަލެއް ކަމަށެވެ.

މީގެ އިތުރުން ސިޔާސީ އެދުމުގައި އާއިލާތަކަށް އެފަދަ އަނިޔާދިނުން ހުއްޓާލަންޖެހޭ ކަމަށްވެސް މަހުލޫފްގެ ޓްވީޓްގައި ވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން އެތައް ބަޔަކު ވަނީ ޖަލުގައި ބަންދުކޮށްފައެވެ. އެމީހުންނަށް ޤާނޫނީގޮތުން ދޭންޖެހޭ ހައްޤުތައް ލިބެމުންނުދާތީ ވަކީލުންނާއި އެމީހުންގެ އާއިލާތަކުން ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.