Last Updated: June 12, 02:23
Friday, June 12, 2026
ކުޅިވަރު

ޑެހެއާ ދޫކޮށްލެވޭނެ ފުރުސަތެއް ނެތް: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕޭނުގެ ކީޕަރު، ޑޭވިޑް ޑެހެއާ މިސީޒަނުގައި އެއްވެސް ކުލަބަކަށް ވިއްކާލުމުގެ ފުރުސަތެއް ނެތް ކަމަށް ޓީމުގެ މެނޭޖަރު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސުގައި މިސީޒަނުގައި ޑެހެއާ ކުލަބު ދޫކޮށް ދިއުމުގެ ފުރުސަތެއް އެބައޮތްތޯ ސުވާލުކުރުމުން މޮރީނިއޯ ބުނެފައިވަނީ އެއީ ނުވާނެ ކަމެއް ކަމަށެވެ.

މީގެ ތިން ސީޒަން ކުރިން ސްޕެއިނުގެ ރެއާލް މެޑްރިޑުން ޑެހެއާ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ޔުނައިޓެޑުން ވަނީ ޑެހެއާ ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ.

ޕްރިމިއާ ލީގުގެ މޮޅު ކީޕަރަކަށް އަނެއްކާވެސް ޑެހެއާ ހޮވިފައިވާއިރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކީޕަރެވެ. ޔުނައިޓެޑުގައި 7 އަހަރު ހޭދަކޮށްފައިވާ ޑެހެއާ ބުނަނީ މިސީޒަނަކީ ކުލަބުގައި އޭނާގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ދެއްކުނު ސީޒަން ކަމަށެވެ.