Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އިދިކޮޅު ކެންޑިޑޭޓަކަށް ނައީމާއްތަ ނެރުމަށް ހުށަހަޅައިފި

ނައިމާއްތަ ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: މީސްމީޑިއާ

އިދިކޮޅު ފަރާތްތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅައި އިއުލާންކޮށްފައި ނުވާތީ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އިދިކޮޅު މުޒާހަރާތަކުގެ އެންމެ ކުރީގައި ޙަރަކާތްތެރިވާ ނައީމާއްތަ ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

"މަމެން ރައީސް ޔާމީންއާއެކު" ގެ ނަމުގައި ރޭ ތ. ވޭމަންޑޫގައި ވެރިކަން ކުރާ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓަކަށް އެމްޑީޕީގެ ތެރެއިން އެންމެ އެކަށީގެންވަނީ ނައީމާއްތަ ކަމަށެވެ.

އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި އެންމެ ގިނަ ސިޔާސީ މަސައްކަތްތައް ކުރެއްވީ ވެސް ނައީމާއްތަ ކަމަށް މޫސަ ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގެ ކެމްޕޭން ފަށާފައިވާކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ އަދިވެސް އިދިކޮޅުގައި ކެންޑިޑޭޓަކު ނެތް ކަމަށާއި އެހެންކަމުން އަވަހަށް ނައީމާއްތަގެ ނަން ފޮނުވަން ގޮވާލާ ކަމަށެވެ.

މޫސަ ވިދާޅުވީ 2018 ރައީސް އަބްދުﷲ ޔާމީނަށް ދޭން ބޭނުންވަނީ އެމަނިކުފާނަކީ މުޅި ދުނިޔޭގެ ނުވަ ވަނަ އަށް އެންމެ ޤާބިލު ރައީސަށްވުމުގެ އިތުރުން އެމަނިކުފާނު މީހަކަށް އަނިޔާއެއް ނުދޭނެކަން ޔަގީންވާތީ ކަމަށެވެ.