Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މައުމޫނަށް ކުރާ ޓެރަރިިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

މައުމޫން ކޯޓަށް ހާޒިރު ކުރުމަށް ގެންނަނީ - ފޮޓޯ: މިހާރު (ހުސައިން ވަހީދު)

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބައްވަން ތާަވަލްކޮށްފިއެވެ.

އެގޮތުން މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 15:00 އަށެވެ.

ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމަށް ބުނެ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.

ދައުލަތުން ވަނީ މައުމޫންގެ މައްޗަށް އަދުލު އިންސާފު ޤާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް އުފުލާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ވަނީ ފަށައިފަ އެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށްފަހު ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެގެންނެވެ. ހައްޔަރު ކުރުމަށް ފަހު މައުމޫން ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.