Last Updated: March 28, 13:11
Thursday, March 28, 2024
ޚަބަރު

ތ. އަތޮޅުން ފެށިގެން އައްޑު އަށް ވައިޓް އެލާޓް

ހިތަދޫގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި. ފޮޓޯ: އަޒީމް ނަޖްމީ

މިހާރު ކުރަމުންދާ ވިއްސާރައިގަ މިއަދުވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، ތ.އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ލަފާކުރާގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ކެރީގެ އަސަރު ފޯރާނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކުގައި އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގާއި ހުޅަނގު އުތުރުން އެންމެ ދެކުނު އަތޮޅުތަކަށް 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެންހިސާބުތަކުގައި ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ.

މީގެ އިތުރުން މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެއެވެ.