Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ޝިލްޕާ ޝެޓީ ރާއްޖޭގައި

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީ، އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ޝިލްޕާ އާއި ފިރިމީހާ، ރާޖް ކުންދްރާ އާއި ދަރިފުޅު ޗުއްޓީ ހޭދަކުރަމުން ދަނީ ކަނުހުރާ ރިސޯޓުގައެވެ. ޝިލްޕާވަނީ އޭނާގެ ޗުއްޓީ ދަތުރުގެ ފޮޓޯ އިންސްޓަގްރާމް ކޮށްފައެވެ.

ބޮލީވުޑްގެ ގިނަ ތަރިންގެ މެދުގައި ޗުއްޓީ މަންޒިލަކަށް ރާއްޖެ މަގްބޫލް ވެފައިވާ އިރު ޝިލްޕާވެސް މިއީ ރާއްޖެ އައި ދެވަނަ ފަހަރުއެވެ. މީގެ ކުރިން ތާޖް އެގްޒޯޓިކާގައި ޝިލްޕާވަނީ އާއިލާ އާއި އެކު ޗުއްޓީ ހޭދަކޮށްފައެވެ.