ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު 1 ޖަހާއިރު ބާއްވަން ތާވަލްކޮށްފިއެވެ.
މަޖްލިސް އިދާރާގެ ވެބްސައިޓްގައިވާ ގޮތުން މިއަދު ބާއްވާ ޖަލްސާ އަކީ ގާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ މައްސަލަ ގަވައިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހެޅުއްވުމަށް ބާއްވާ ޖަލްސާއެކެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑަ އަޅަންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ހެލްތް އިންޝުއަރަންސާއި
ގުޅިގެން ހުށަހަޅުއްވާ ފައިވާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި
ގޮތުގެ ރިޕޯޓް ހުށަހެޅުމަށްވަނީ ތާވަލްކޮށްފައެވެ.
މިއަދުގެ ޖަލްސާއަކީ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާއެވެ.