Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

"އިދިކޮޅު ކެންޑިޑޭޓް ނިންމާނީ ޕްރައިމަރީ އަށް ފަހު"

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ނެރޭނީ 1 ކެންޑިޑޭޓް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީޑު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭނީ 1 ކެންޑިޑޭޓް ކަމަށާއި އެ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓީތަކުގެ ޕްރައިމަރީ އަށް ފަހު ކަމަށެވެ.

އަދި އެމްޑީޕީގެ ބައިވެރިވެވަޑައިގަންނަވާނެ ކަން ރައީސް ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީޣެ ޕްރައިމަރީ އެބޭފުޅާގެ ކެމްޕެއިން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ.