Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

އެމްޑީޕީން އޮޑިޓް ރިޕޯޓް ހުށައަޅައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓު ހުށައަޅައިފިއެވެ.

އެމްޑީޕީން އޮޑިޓް ރިޕޯޓު ކޮމިޝަނަށް ހުށައަޅާފައިވަނީ ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ އެޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކަށް ދޫކުރުމަށް ފޮނުވުމުންނެވެ. އީސީއިން ބުނެފައިވަނީ އެމްޑީޕީއަށް ލިބެން ޖެހޭ ފައިސާ ދޫކުރެވޭނީ އޮޑިޓް ރިޕޯޓު ހުށައެޅުމުން ކަމަށެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ދެވޭނީ އޮޑިޓް ރިޕޯޓު ހުށައެޅުމުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން މިދިޔަ ހަފްތާ ތެރޭގައި އޮޑިޓް ރިޕޯޓު ހުށައަޅާފައިވާއިރު އެޕާޓީން ވަނީ ގާނޫނުގައި ރިޕޯޓު ހުށައަޅަން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ރިޕޯޓު ހުށައަޅާފައިވާނެ ކަމަށެވެ.