ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާގެ ތެރެއިން މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ދޭން ޖެހޭ ފައިސާ މި ހަފްތާ ނިމުމުގެ ކުރިން ދޭނެ ކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކަމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ އެމްޑީޕީއަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ނިންމީ އެޕާޓީގެ އޮޑިޓް ރިޕޯޓް ހުށަހެޅުމާއި ގުޅިގެންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާއިއެކު، ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރަނީ އެޕާޓީއެއްގައި 10،000 މެމްބަރުން ތިބުމުންނެވެ. އެގޮތުން ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރުމަށް އިލެކްޝަނުން ނިންމާފައިވާ އިރު ފައިސާގެ ޖުމްލަ އަދަދު 24 މިލިއަނަށް އަރާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.