މާލޭ މަސް މާރުކޭޓާއި ދިމާލުން މޫދަށް ފުންމާލައިގެން އަމިއްލައަށް މަރުވާން އުޅުނު އަންހެން ކުއްޖަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ފުންމާލާފައިވަނީ މެންދުރު 12 ޖަހާކަށްހާ އިރު މަސް މާރުކޭޓާއި ދިމާލުންނެވެ. އެކުއްޖާ ފުންމާލުމުން އެސަރަހައްދުގައި ތިބި ބަޔަކުވަނީ މޫދަށް ފުންމާލައި އެކުއްޖާ ސަލާމަތްކޮށްފައެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންމެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި މޫދަށް ފުންމާލާފައިވަނީ ސީއެޗްއެސްސީގެ ޔުނިފޯމުގައި ހުރި އަންހެން ކުއްޖެެކެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެއެވެ.