Last Updated: June 13, 21:28
Saturday, June 13, 2026
ކުޅިވަރު

ފަހު ވަގުތުގެ ލަނޑާއެކު ހިތަދޫން ކުޑަހުވަދޫ ކަޓުވާލައިފި

ހިތަދޫ ޓީމް ސަޕޯޓަރުންނާއި އެކު، ފޮޓޯ: މިނިވަން ޗެމްޕިއަންޝިޕް ޒޮން 5 ފޭސްބުކް ޕޭޖް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ކުޑަހުވަދޫ ހިތްދަތި ގޮތަކަށް މުބަރާތުން ކަޓުވާލައިފި އެވެ.

ކުޑަހުވަދޫ މުބާރާތުން ކެޓީ މިއަދު ކުޅުނު މެޗް 1-1 ލަނޑުން ހިތަދޫ އެފްސީ އާއި އެއްވަރުވުމުންނެވެ. މެޗްގެ ފުރަތަމަ ލަނދު ޖަހައި ލީޑް ނެގީ ކުޑަހުވަދޫންނެވެ. ކުޑަހުވަދޫ ޓީމުގެ ނެލްސަން ކާކާ ޖެހި ލަނޑަކީ ހިތަދޫ ޓީމުގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖެހި ލަނޑެކެވެ. މި ލަނޑާއި އެކު ކުޑަހުވަދޫން ޓީމު ފަހަތަށް ޖެހި ހަމަޖެހުނެވެ.

މިއަދު މެޗްގައި ހިތަދޫ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެޓީމުގެ އެންމެ ފަހަތަށް ކުޅެމުން އަންނަ އަހުމަދު ޝާފިއު (ޝާޓީ) މެޗަށް އެރުމަށް ތައްޔާރުވަމުން ދަނިކޮށް އިންޖަރީވެ ނުކުޅެވުމާއި ގުޅިގެން ޓީމުގެ ފަހަތަށް ގެންނަން ޖެހުނު ބަދަލެވެ.

މި ބަދަލާއި ގުޅިގެން މިއަދު ހިތަދޫ ޓީމުގެ ޑިފެންސަށް ޕްރެޝަރު ބޮޑުވެގެން ދިޔަ ތަން މެޗު ފެށުނުތަނާހެން ފެނިގެން ދިޔައެވެ.

ކުޑަހުވަދޫއަށް މެޗްގެ ކުރީކޮޅު ލަނޑު ޖެހުމާއި ގުޅިގެން އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވެގެން ދިޔައެވެ. އަދި ހިތަދޫއަށް ކޮންމެވެސް ވަރަކަށް ޕްރެޝަރ ކުރިމަތިވިއެވެ.

ނަމަވެސް މުޅި ޓީމުގެ އެޓޭކިން ވަރުގަދަކޮށް ފަހު ވަގުތު ހިތަދޫ ޓީމުގެ ބަދަލު ކުޅުންތެރިޔާ އިބްރާހިމް ސިރާޖު (ބެކޭ) ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ނަތީޖާ އާއި އެކު ކުޑަހުވަދޫ ދަނޑުން ފޭބީ މުބާރާތުން ކަޓައިގެންނެވެ.