Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ޖަލަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގެންފި

މާފުށި ޖަލަށް މަސްތުވާތަކެއްޗާއި ސިމް ކާޑުތަކެއް އެތެރެކުރަން އުޅުނު ދިވެހި އަންހެނަކު ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ 36 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަތުލައިގެންފައިވަނީ ޖަލަށް މަސްތުވާތަކެއްޗާއެކު ފޯނު ސިމް ކާޑުތައް އެތެރެކުރަން އުޅެނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނެފައިވަނީ އަންހެން މީހާ ފާސްކޮށް، ބެލިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ކުޑަ ތިން ޕެކެޓާއި ބޮޑު ތިން ޕެކެޓު، އަދި މަނާ ބޭހުގެ 90 ގުޅައާއި 17 ސިމްކާޑު ފެނިފައިވާ ކަމަށެވެ.

އަންހެން މީހާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާއިރު، ފަހަކަށް އައިސް މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި ފޯނާ ގުޅޭ ތަފާތު ތަކެތި ވެއްދުމަށް މަސައްކަތް ކުރާ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. މިމަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެހެން ބަޔަކު މިފަދަ ކަމެއް ކުރަން އުޅެނިކޮށް ހައްޔަރުކޮށްފައެވެ.