ފެނަކަ ކޯޕަރެޝަންއިން ދޭ ހިދްމަތްތަކުގެ ބިލް އޮންލައިންކޮށް ދެއްކޭ ގޮތަށް ހަދައިފިއެވެ.
މިއަދު ޝީ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި މިހިދްމަތް އިފްތިތާހު ކޮށްދެއްވީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޜަެ އަދި މިހާރު އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފްއެވެ.
ފެނަކައިން ބުނީ މިއަދު ތައާރަފްކުރި އޮންލައިން ސިސްޓަމުން، އެކުންފުނީގެ ހުރިހާ ގޮއްޕެއް ގުޅާލެވިފައިވާ ކަމަށާއި، ބިލްތައް އޮންލައިންކޮށް ބަލައި ފައިސާ ދެއްކޭނެކަމަށެވެ. އަދި މިހިދްމަތަށް ހާއްސަ މޮބައިލް އެޕެއް ވަނީ ތައްޔާރުކޮށްފައެވެ.
ފެނަކައިގެ ހުރިހާ ގޮއްޕެއް އޮންލައިންކޮށް ގުޅާލެވި، ހިދްމަތަށް ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމެޖެހުނު އިރު މީގެ ކުރިން ފެނަކައިގެ ބިލް ދެއްކުމަކީ ބުރަ އަދި އުނދަގޫކަމެކެވެ.