Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

"ހުކުމުން 12 ގޮނޑި ނުގެއްލޭކަން ސާފު"

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ފޮޓޯ: އަވަސް

އެންޓި ޑިފެކްޝަން ގާނޫނު ބާޠިލު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ސުޕުރީމް ކޯޓުން ކުރި އަމުރުން 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަން ސާފުވާކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންޓި-ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަން ކަމަށެވެ. ޕީޕީއެމުން ވަކިވި މެންބަރުން އެ ޕާޓީން ވަކިވުމުގެ އިޖުރާތުތައް ހިންގާފައިވަނީ 13 ޖުލައި ގެ ކުރިން ކަން އެނގޭތީ މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުވާލު ނު އުފެދޭ ކަމަށެވެ.

އެންޓި ޑިފެކްޝަން ބިލް ބާޠިލް ނޫންކަމަށް ސުޕުރީމް ކޯޓުން ނިންމުމާއި ގުޅިގެން 12 މެމްބަރުންގެ ގޮޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކަމިޝަނުން ނިންމައި، ބައިއިލެކްޝަން ބޭއްވުމަށް 14 މިލިއަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ވަނީ ސިޓީ ފޮނުވާފައެވެ.

އިލެކްޝަނުން މިގޮތަށް އެދުނު އިރު 12 މެމްބަރުންގެ ގޮޑި އާއި މެދު ގޮތެއް ނިންމުމަށް އެމެމްބަރުން ސުޕުރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް އަދި ވަނީ ގޮތެއް ނުނިންމައެވެ.