މި އަހަރުގެ ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ނިންމާލައިފިި އެވެ.
އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އީސީން މިދިޔަ މަހުގެ 24-30 އަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި 180 ވުރެ ގިނަ މީހުންނަށް އިންތިޚާބާ ބެހޭ މަޢުލޫމާތު ދީފައިވެއެވެ.
Day 4: PE 2018 ah Rayyithun heyluntheri kurumahtakai Addu city hulhumeedhoo gai Elections Commission ge faraathun baahvaa training programme feshigen kuriyah dhanee pic.twitter.com/iRYpMmWx31
— Elections Commission (@ElectionsMv) April 29, 2018
މި ސެޝަންތައް ހިތަދޫ، ފޭދޫ، މަރަދީ، މަރަދޫ ފޭދޫގެ އިތުރުން ހުޅުމީދޫގައި ކުރިއަށް ގެންދިޔަ އެވެ.
ސެޝަންތައް ކުރިއަށް ގެންދިއުމުގައި އައްޑޫ ކައުންސިލާއި ފުލުހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.
Day 3: PE 2018 ah Rayyithun heyluntheri kurumahtakai Addu city MaradhooFeydhoo gai Elections Commission ge faraathun baahvaa training programme feshigen kuriyah dhanee pic.twitter.com/jVsh4mdCZI
— Elections Commission (@ElectionsMv) April 28, 2018
އީސީގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ އައްޑޫގައި އިލެކްޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން މި ފަހަރުގެ ޕްރޮގްރާމަކީ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަމަށެވެ.
PE 2018 ah Rayyithun heyluntheri kurumahtakai Addu City MaradhooFeydhoo gai Elections Commission ge faraathun kuriah gendhiya training program nihmaa baiverinah certificate havaalu koffi pic.twitter.com/r7tCc6I1Vn
— Elections Commission (@ElectionsMv) April 28, 2018
އައްޑޫ ރައްޔިތުން އިންތިޚާބަށް ހޭލުންތެރި ކުރުމަށް ކުރި ދަތުރުގައި، އީސީން ވަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ފުލުހުންނާއި ބައްދަލުކޮށް އަންނަ ރިޔާސީ އިންތިޚާބު އަމާންއޮމާން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.