Last Updated: March 29, 11:09
Friday, March 29, 2024
ވިޔަފާރި

ބީއެޗްއެމްގެ "ރޯދަ ހަދިޔާ" މިފަހަރު ހޯސެން ދަޅަކުން!

ބީއެޗްއެމްއިން ކުރިއަށްގެންދާ "ރޯދަ ހަދޮޔާ" ޕްރޮމޯޝަން

ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ކަސްމަޓަރުންނަށް ރޯދަ ހަދިޔާ ދިނުމަށް ބީއެޗްއެމްއިން ކުރިއަށްގެންދާ ޕްރޮމޯޝަނަށް ބޮޅެއް އިތުރުކޮށްފިއެވެ.

އެގޮތުން މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ބީއެމްއެޗްއެމްއިން މިވަނީ "ރޯދަ ހަދިޔާ"ގެ ނަމުގައި ދުވާލަކު ފަސް އިނާމް ލިބޭ ޕްރޮމޯޝަނެއް ފަށާފައެވެ.

މެއި 1، އިން ފެށިގެން ޖޫން 30، 2018 ގެ ނިޔަލަށް ކުރިއަށްގެންދާ މިޕްރޮމޯޝަންގައި "ހ÷ޯސެން ފިއެސްޓަރ ފުރުޓް އެންޑް ކޮކްޓެއިލް" އަދި "ހޯސެން ވެޖިޓަބަލް"ގެ ބައްލަވައިގަންނަވާ ކޮންމެ ސައިޒެއްގެ ދަޅަކާއި އެކު ކޫޕަނެއް ލިބޭނެ ކަމަށް ބީއެޗްއެމްއިން ބުންޏެެވެ.

އަދިި ކޫޕަނުގައި ފޮރުވިފައިވާ ކޯޓް ކަހާލުމަށްފަހު ފޮނުވާނީ ބީއެޗްއެމް.އެމްވީ އަށެވެ.

ކޮންމެ ދުވަހަކު ދޫކުރާ ފަސް އިނާމްގެ ތެރޭގައި ހޯސެން އަލަނާސި ކޭސް، އަނބު ކޭސް، ކާށި ކިރު ކޭސް، ފުރުޓް ކޮކްޓެއިލް ކޭސް، މިކްސް ވެޖިޓަބަލް ކޭސް ހިމެނެއެވެ.

ބީއެޗްއެމްއަކީ ރާއްޖޭގެ ބާޒާރަށް ނެރޭ ބްރޭންޑެޑް ޕޮރޮޑަކްޓްތައް ރާއްޖެއަށް އެތެރެކޮށް މާރކެޓްކުރާ ކުންފުންޏެކެވެ.