ދިވެހިންގެ ކަންކަން ނިންމުމުގައި އީޔޫގެ ބަސް އަހަން ނުޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްްޖެއެވެ.
ޕީޕީއެމްއިން ރޭ "ރުމާލު 2" ޖަގަހަގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިސްލާމް ދީނު ގަބޫލު ނުކުރާ ބަޔަކު ދިވެހިންގެ ކަންކަމާއި ބެހި ބަސް ކިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ އީޔޫން އުޅެނީ ކޮންމެހެން ރާއްޖޭގައި ޑިމްކޮރަސީ ނެތިގެން ނޫންކަމަށާއި، އެމީހުންނަން ދަތިވާ ކަންކަން ހުރުމުން އެކަންކަން ދިވެހިންގެ ތެރެއަށް ގެންނަން ކަމަށެވެ.
ރައީސް ވިދާޅުވީ ޑިމްކްރަސީގެ އެންމެ މުހިއްމު އަސާސަކީ ބާރުތައް ވަކިވެފައި އޮތުން ކަމަށާއި، ރައްޔިތުންގެ ކަންކަން ރައްޔިތުން ބޭނުން ގޮތަކަށް ނިންމުން ކަމަށެވެ. އަދި އުގޫބާތުގެ ގާނޫނު އެންމެނަށް ހަމަހަމަކޮށް ހިނގުން ކަމަށެވެ. އެކަންކަން ރާއްޖޭގައި ފުރިހަމައަށް ހިނގަމުން އަންނަ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވި އިރު ދާދި ފަހުން އީޔޫއިން ވަނީ އިސްދީން ގަބޫލް ނުކުރާ މީހުންނަށްވެސް ރާއްޖޭގެ ރައްޔިތުންނަށް ވުމަށް ފުރުސަތުދޭން ގޮވާލާފައެވެ.