Last Updated: June 13, 21:28
Saturday, June 13, 2026
ވިޔަފާރި

ބީއެމްއެލް އިސްލާމިކްއިން ޕަރސަނަލް ފައިނޭންސިންގ ތައާރަފްކޮށްފި

ބީއެމްއެލް އިސްލާމިކް އިން މިއަދު ޕަރސަނަލް ފައިނޭންސިންގ ތައާރަފްކޮށްފިއެވެ.

މި ޚިދުމަތް ރަސްމީކޮށް މިއަދު ތައާރަފް ކުރުމަށް މިއަދު ހެނދުނު ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑައިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް ޒުލްގަރުނައިން ތަމާން ވިދާޅުވީ އިސްލާމީ އުސޫލުތަކުގެ މަތިން ދެވޭ އިތުރު ޚިދުމަތެއް މިއަދު ތައާރަފްކުރެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

"މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި މިވަގުތު ލިބޭ އެންމެ ރަނގަޅު ފައިނޭންސިންގ ޚިދުމަތުގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ"

މިއީ އިސްލާމީ އުސޫލުތަކުގެ މަތިން މަހުން މަހަށް ފައިސާ ދައްކާގޮތަށް އަމިއްލަ ފަރުދުންނަށް އެއް ލައްކަ ރުފިޔާއާ ހަމައަށް މުދާ ގަނެވޭ ޚިދުމަތެކެވެ. މި ޚިދުމަތަށް އެދޭ ފަރާތަތްކަށް ޚިދުމަތަށް އެދޭތާ 7 ދުވަސްތެރޭ ފައިނޭންސިންގ ހަމަޖެހޭނެކަށް ބީއެމްއެލް އިސްލާމިކް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.