Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ބަޔާންތައް ލީކުކޮށްލި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި

ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަކަށް ނަގާފައިވާ ލީކުކޮށްލި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ފުލުހުންގެ ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ސްޕޯކްސްޕާސަން އަހްމަދު ޝިފާން ވިދާޅުވީ ބަޔާންތައް ލީކުކޮށްލި މައްސަލަ ސީރިއަސްކޮށް ބަލަމުން އަންނަ އަންނަ ކަމަށެވެ.

ޝިފާން ވިދާޅުވި ގޮތުގައި ބަޔާންތައް ލީކުކޮށްލީ، އަމުރާ ގުޅޭ މައްސަލަތަކުގައި ތުހުމަތުކުރެވޭ ނުފޫޒު ގަދަ ބައެއް ކަމަށާއި އެކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

ސޯޝަލް މީޑިޔާގައި ލީކުކޮށްލާފައިވާ ބަޔާންތަކުގެ ތެރޭގައި ފުލުހުންގެ އިސް ވެރިންތަކެއްގެ ބަޔާންތަކެއް ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން ބައެއް ގާޒީންގެ ބަޔާންތައް ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.