Last Updated: April 26, 06:25
Friday, April 26, 2024
ވިޔަފާރި

"އެފް އެންޑް ބީ" ޝޯ މާދަމާ ފަށަނީ

ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ "ފުޑް އެންޑް ބެވަރޭޖެސް" ޝޯ (އެފްއެންބީ ޝޯ) މާދަމާ ފަށާނެއެވެ.

ނެޝެނަލް އާރޓް ގެލަރީގައި ކުރިއަށްގެންދާ މި ޝޯވްގައި ކާބޯތަކެތި ވިއްކާ ގިނަ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

އެފްއެންބީ ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ އަހަރު 15 ކުންފުންޏަކުން ބައިވެރިވެފައިވާއިރު މިއަހަރުގެ ޝޯވްގައި 12 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އެފްއެންޑްބީ ޝޯގައި ތަފާތު އެކި ހަރަކާތްތަކާ އެކު ކުރިއަށް ގެންދަން ނިންމާފައިވާއިރު، ޒިޔާރަތް ކުރާ ފަރާތްތަކަށް އަގުހުރި އެކި އިނާމުތައް ދިނުމަށް ވަނީ ނިންމާފައެވެ.

މިއީ ހައިރައިޒް ކުންފުނީގެ ފަރާތުން ބާއްވާ ތިން ވަނަ އެފްއެންޑްބީ ޝޯއެވެ.