Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

އެސްޓީއޯއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި

ފޮޓޯ: ސަން

އެސްޓީއޯ އިން ރަމަޟާން މަހަށް ޙާއްސަކޮށްގެން އެހެން އަހަރު ތަކެކޭވެސް އެއްގޮތައް މިއަހަރުވެސް ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފިއެވެ.

މިއަހަރު ފިޔާ، އަލުވި، ބިސް ވިއްކަން އެސްޓީއޯއިން އިންޑަސްޓްރިއަލް ވިލެޖްގައި އާންމުންނަށް ފަސޭހައިން މުދާ ލިބޭނެގޮތް ވަނީ އިންތިޒާމުކޮށްފައެވެ.

އެސްޓީއޯގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް 8 ރުފިޔާއަށް، އަލުވި ކިލޯއެއް 9 ރުފިޔާއަށް، ބިހެއް 1 ރުފިޔާ 50 ލާރިއަށް ލިބެންހުރި އިރު، އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 200 ރުފިޔާއަށް، ބިސް ކޭހެއް 270 ރުފިޔާ ލިބެން ހުންނާނެއެވެ.

އަދި މީގެއިތުރުން، އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 50 ކޭހައްވުރެން މަތިން ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 190 ރުފިޔާއަށް، ބިސް ކޭހެއް 260 ރުފިޔާވެސް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މިގޮތުން މޭ މަހުގެ 03 ވަނަ ދުވަހުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖްއިން ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް ފިޔާ، އަލުވި، ބިސް ހޯލްސޭލްކޮށް ގަނެވޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އަދި މީގެއިތުރުން އެސްޓީއޯ ޓްރޭޑް ސެންޓާރ ގައި ހުންނަ އެސްޓީއޯ ސްޕަމާރޓްއިން ރީޓެއިލްކޮށް އަދި އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް ލިބޭނެއެވެ.

އެސްޓީއޯ ސްޕަމާރޓްއިން ފިޔާ، އަލުވި، ބިސް ވިއްކަން ފެށިއިރު ރާއްޖޭގެ އެކިކަންކޮޅުތަކަށްވެސް މިތަކެތި ފޮނުވާ ވިއްކަންވަނީ ފަށާފައެވެ. މީގެތެރޭގައި އައްޑު އަތޮޅު، ގދ. ތިނަދޫ، އަދި ޏ. ފުވައްމުލަކުގައި ވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ފިޔާ، އަލުވި، ބިސް ވިއްކަން ފަށާފައިވާއިރު، ހދ. ކުޅުދުފުށި އަދި ހއ. ހޯރަފުށިން ވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ފިޔާ، އަލުވި، ބިސް ވިއްކަން ވަނީ ފަށާފައެވެ.

އަދި މީގެއިތުރުން ހުޅުމާލެ، ވިލިމާލެ، ބ. އޭދަފުށި، ލ. ފޮނަދޫ، އަދި ގއ. ވިލިނގިލީގައި ވަނީ މޭ މަހުގެ 02 ވަނަ ދުވަހު ފިޔާ، އަލުވި، ބިސް ގަންނަން ލިބެން ހުންނާނެއެވެ.

އެސްޓީއޯއިން މިއަހަރު ރާއްޖެ އެތެރެކޮށްފައިވާ ބިހަކީ މިނިސްޓްރީ އޮފް ހެލްތުއިން އަންގަވާފައިވާ ގޮތާއި އެއްގޮތަށް އެތެރެ ކުރެވިފައިވާ ބިސް ކަމަށްވެސް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.