Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޔާމީންގެ ހާލަތު ވަރަށް ސާފު، އެކުގައި އެކަކުވެސް ނެތް: ޑރ. ޖަމީލް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ހާލަތު ވަރަށް ސާފު ކަމަށާއި އެމަނިކުފާނާއި އެކުގައި އެކަކުވެސް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޖަމީލް ވިދާޅުވީ ކިތަންމެ ބާރަށް ފައި ޖެހިރަށް ރައީސް އަބްދުﷲ ޔާމީންގެ ޙާލަތު ވަރަށް ސާފު ކަމަށެވެ. އެމަނިކުފާނާއި އެކުގައި އެކަކުވެސް ނެތް ކަމަށާއި، ބޭބެ އާއި ކޯލިޝަން ވެސް ނެތް ކަމަށެވެ.

"މެމްބަރުން ގެއްލިއްޖެ. އީޔޫ އަދި ކޮމަންވެލްތު އަދި އިންޑިއާ ވެސް ނެތް"، ޑރ. ޖަމީލްގެ ޓްވީޓްގައި ވެއެވެ.

އަދި މިއަދު ރައީސް ޔާމީން ބަރޯސާވެވަޑައިގަންނަވީ ފަންޑިތަވެރިކަމާއި ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް މެޑަމް އަށް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އިންޝާﷲ މި އަނިޔާވެރިކަން ނިމެނީ" ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު، ޑރ. ޖަމީލް މިވަގުތު އުޅުއްވަނީ އިނގިރޭސި ވިލާތުގައެވެ.