Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

"ސިއްރު ފެންފުށި" ރިސޯޓް ރީބްރޭންޑް ކުރުމަށްފަހު އަލުން ހުޅުވައިފި

ފެއަރމޮންޓް ސިއްރު ފެން ފުށި ރިސޯޓް - ފޮޓޯ: ގޫގުލް

ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އައު ރިސޯޓެއް ކަމަށްވާ "ސިއްރު ފެންފުށި" ހުޅުވިތާ ދެ މަސްފަހުން ރީބްރޭންޑްކޮށް އަލުން ހުޅުވައިފިއެވެ.

ރިސޯޓް މީގެ ދެމަސްކުރިން ހުޅުވާ ފަތުރުވެރިން އަންނަން ފަށާފައިވާއިރު މި ރިސޯޓް ރީބްރޭންޑްކޮށް ރަސްމީކޮށް ހުޅުވުާފައިވަނީ އޭޕްރީލް 28، 2018 ގައެވެ. އެގޮތުން އެކޯހޮޓެލްސް ފެއަރމޮންޓްގެ ދަށުން ރީބްރޭންޑް ކުރުމަށްފަހު ރިސޯޓަށް ކިޔާފައިވަނީ "ފެއަރމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި" އެވެ.

މި ރިސޯޓަކީ ށ.އަތޮޅު ގާކޮށިބީގައި ތަރައްޤީ ކުރި ރިސޯޓެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 55 މިނިޓުން މި ރިސޯޓަށް ދެވޭނެއެވެ.

މިރިސޯޓުގައި 112 ލަގްޒަރީ ވިލާ ހުންނައިރު މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ލެގޫން ހިމެނޭ ރިސޯޓް އެވެ. މި ރިސޯޓުގައި ބީޗް ސަންރައިޒްއާއި ޑުލެކްސް، ގްރޭންޑް ވޯޓާ ވިލާ، ޑަބަލް އަދި ޓްރިޕަލް ބެޑްރޫމް ވިލާސްއާއި އެކު ތަފާތު އެކި ފަންތީގެ 12 ވިލާސް ހިމެނެއެވެ. އަދި މިރިސޯޓުގައި އެކި ފަންތީގެ މީހުންނަށް ހާއްސަކޮށްފައިވާ ފަސް ރެސްޓޯރަންޓްވެސް ހުރެއެވެ.

މީގެ އިތުރުން މި ރިސޯޓަކީ ރާއްޖޭގައި ހުރި އެންމެ ފުރަތަމަ ކަނޑުއަޑީގެ ސްކަލްޕްޗަރ މިއުޒިއަމް ހުރި ރިސޯޓްވެސްމެއެވެ. މި މިއުޒިއަމް ފަރުމާކޮށްފައިވަނީ ބްރިޓިޝްގެ އާރޓިސްޓެއް ކަމަށްވާ ޖޭސަން ޑިކައިރަސް ޓެއިލާރއެވެ.