Last Updated: June 13, 21:28
Saturday, June 13, 2026
ރިޕޯޓް

ސްރީލަންކަން އިން ޕްރޮމޯޝަނެއް ފަށައިފި

ސ. ގަމުން ދަތުުރު ކުރާ ފަރާތްތަކަށް ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއް ސްރީލަންކަންގެ ފަރާތުން ފަށައިފިއެވެ.

ސްރީލަންކަންއިން ބުނީ ގަމުން ކޮލޮންބޯ، ކޮޗިން, ބެންކޮކް އަދި ތިރުވަނަންތަޕޫރަމް އަށް ދަތުރު ކުރައްވާ ބޭފުޅުންނަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ޕްރޮމޯޝަންގެ ދަށުން ލިބޭނެ ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރައްވަން ބޭނުންފުޅު ފަރާތްތަކުން މި މޭއި މަހުގެ 5 އިން ފެށިގެން މޭއި 8 އާ ހަމައަށް ޓިކެޓް ނަންގަވަން ޖެހޭނެކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން މި މުއްދަތުގައި ޓިކެޓް ނަންގަވާ ފަރާތްތަކަށް މޭއި 12އިން ފެށިގެން ޖޫން 12 އާއި ހަމައަށް ދަތުރު ކުރެވޭނެކަމަށެވެ.

މީގެ އިތުރުންވެސް ސްރީލަންކަންއިން ވަނީ ގަމުން ބަންގްލަދޭޝްގެ ޑާކާއަށް ފުރާމީހުންނަށް ހާއްސަ ފެއާއެއް ފަށާފައެވެ. އެގޮތުން އެއްކޮޅު ޓިކެޓު ގަމުން ޑާކާއަށް 252 ޑޮލަރަށް ވިއްކާއިރު ދެކޮޅު ޓިކެޓްގެ އަގަކީ 495 ޑޮލަރެވެ. އަދި ބެގޭޖްގެ ގޮތުގައި އިކޮނޮމީ ކްލާސްއަށް 40 ކިލޯ އަދި ބިޒްނަސް ކްލާސްއަށް 45 ކިލޯ ދިނުމަށް ވަނީ ނިންމާފައެވެ.

ރަމަޟާން މަހާއިދިމާކޮށް ސްރީލަންކަން އިން ފެށި މި ޕްރޮމޯޝަނަކީ ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކަށް އަދި ގައުމަށް އަންނަން ބޭނުންވެފައިތިބި ފަރާތްތަކަށް އަގުހެޔޮ ގޮތެއްގައި ދަތުރުކުރުމަށް ހުޅުވާލު ފުރުސަތަކެވެ.

ސްރީލަންކަންގެ މި ޕްރޮމޯޝަން އާއި ގުޅޭ މައުލޫމާތުތަކާއި ރިޒަވޭޝަން ހެއްދުމަށް ސްރީލަންކަންގެ ޖެނެރަލް ސޭލްސް އެޖެންޓް އޮފީހުގެ ނަންބަރ 6896565 ނުވަތަ މޮބައިލް ނަންބަރ 7978966 ނަންބަރަށް ވައިބަރ ނުވަތަ ފޯނުކޮށްގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.